ބ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެސަރަޙައްދުގެ ސިއްޙީ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާަޅުވީ ބ. އަތޮޅުގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިދުމަތްތައް ޤާއިމުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލުގެ މިހާރުގެ ޢިމާރާތުގައި ހުރި ޖާގައިގެ ދަތިކަން ކަމަށެވެ.
އެހެންކަމުން ބ. އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކުރާ އައު ހޮސްޕިޓަލާއެކު ގިނަ ޚިދުމަތްތަކެއް ޤާއިމުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިއީ މުޅި އެސަރަޙައްދުގެ ސިއްޙީ ނިޒާމަށްވެސް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ އައު ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް އެރަށަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އައު ޢިމާރާތް ތަރައްޤީވުމާއެކު ކުރިއަށް އޮތްތަނުގައި މިހާރުގެ ޢިމާރާތް ބޭނުންކުރާނީ ޕަބްލިކް ހެލްތުގެ ދާއިރާ ހަރުދަނާކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު