އިސްރާއީލުގެ ސަރުކާރުން "ވިޝަން އޮފް ގްރޭޓާރ އިސްރާއީލް" ގެ ނަމުގައި ނެރުނު ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްވެރިކުރައްވައިފިއެވެ.
އަންގާރަ ދުވަހު އިސްރާއީލުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ ހިސާރުކޮށް، ޣައްޒާ ސިޓީގެ ކޮންޓްރޯލު ނެގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ މިއީ 'ތާރީހީ އަދި ރޫހާނީ' މިޝަނެއް ކަމަށާއި، މިއީ 'ބޮޑު އިސްރާއީލެއްގެ' ތަސައްވުރުގެ ފެށުން ކަމަށެވެ. އަދި އިސްރާއީލު ސަރުކާރުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ އޮނިގަނޑު ފާސްކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.
މި ބަޔާނާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްރާއީލުގެ ސަރުކާރުން "ވިޝަން އޮފް ގްރޭޓާރ އިސްރާއީލް" ގެ ނަމުގައި އިޢުލާނުކޮށްފައިވާ އެ ބަޔާނާއި، ޣައްޒާގައި އިސްރާއީލުން އާބާދުކުރުމުގެ ޕްލޭނާއި، އިސްރާއީލުގެ ކޮންޓްރޯލް ފުޅާކުރުމުގެ ރޭވުންތައް، އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުއްވެރިކުރައްވާ ކަމަށެވެ.
އަދި މިފަދަ ހަމަނުޖެހުން އުފެދޭފަދަ ބަސްމަގު ހިމެނޭ ބަޔާންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤަށް އުނިކަން ލިބޭ ކަންކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގެއިތުރުން، މި ދިގުދެމިލައިގެންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް ގެނައުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބައިވެގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލާފައެވެ.
އަދި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ދެމިހުންނާނެކަމަށާއި، ޢަދުލުވެރި، ފުރިހަމަ އިންސާފުވެރި އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ހުރިހާ މަސައްކަތްތަކަށް ތާއީދުކުރައްވާކަން ރައީސް ވަނީ ތަކުރާރުކޮށް ދަންނަވާފައެވެ.
އިސްރާއީލުގެ މި ބަޔާން ވަރަށް ގިނަ ގައުމުތަކުން ވަނީ ކުއްވެރިކޮށްފައެވެ.

The Maldives strongly condemns the statement made by the Israeli occupation government announcing the so-called “Vision of Greater Israel” and firmly rejects its settlement and expansionist plans. Such statements with inflammatory rhetoric violate international law and undermine…
— Dr Mohamed Muizzu (@MMuizzu) August 14, 2025
މިގެއިތުރުން، މި ދިގުދެމިލައިގެންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް ގެނައުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބައިވެގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލާފައެވެ.
އަދި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ދެމިހުންނާނެކަމަށާއި، ޢަދުލުވެރި، ފުރިހަމަ އިންސާފުވެރި އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ހުރިހާ މަސައްކަތްތަކަށް ތާއީދުކުރައްވާކަން ރައީސް ވަނީ ތަކުރާރުކޮށް ދަންނަވާފައެވެ.
އިސްރާއީލުގެ މި ބަޔާން ވަރަށް ގިނަ ގައުމުތަކުން ވަނީ ކުއްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު