އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗްތަކުން އާސެނަލްއާއި، އެވަޓަން މޮޅުވިއިރު މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
އާސެނަލް ލީގުގައި ކުޅުނު ދެ ވަނަ މެޗުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗްގައި އާސެނަލްގެ އެލެކްސެންޑާ ލަކަޒޭ 25 ވަނަ މިނެޓުގައި އެޓީމަށް ކުރި ހޯދާފައިދީފައިވަނިކޮށް 45 ވަނަ މިނެޓުގައި މިކައިލް އެންޓޯނިއޯ ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފަ އެވެ. މި މެޗުން އާސެނަލް މޮޅުވީ 85 ވަނަ މިނެޓުގައި އެޑްވަޑް ކެޓިއާ ޖެހި ގޯލުންނެވެ. މި ސީޒަންގައި އާސެނަލް ވަނީ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށް އަދި ލީގުގެ ފުރަތަމަ މެޗުން ފުލަމް 3-0 އިން ބަލިކޮށްފައެވެ.
ރޭ ކާލޯ އަންޗެލޮޓީގެ އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 5-2 އިން ވެސްޓް ބްރޮމްވިޗް އަލްބިއޮން އަތުން މޮޅުވެފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ގްރެޑީ ޑިއަންގަނާ، ވެސްޓް ބްރޮމް އަށް ކުރި ހޯދައިދީފައިވަނިކޮށް އެވަޓަން ވަނީ ޑޮމިނިކް ކަލްވާޓް-ލެވިން އާއި ހަމޭސް ރޮޑްރިގޭޒްގެ ލަނޑުތަކުން ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. މިއީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުގެ ކުރީގެ މިޑްފީލްޑަރު ރޮޑްރިގޭޒް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެސްޓް ބްރޮމްގެ ކިއެރަން ގިބްސް އަށް ރަތްކާޑެއް ދެއްްކި ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ މެތިއަސް ޕެރެއިރާ އެއްވަރުކުރި އެވެ. އެވަޓަން މޮޅުވީ މޮއިސް ކީީން ޖެހި ގޯލާއި ހެޓްރިކް ފުރިހަމަކުރަން ކަލްވާޓް-ލެވިން ޖެހި ދެ ގޯލާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް ބަލިވީ 3-1 އިން ނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އަންދްރެސް ޓޯސެންޑްގެ ގޯލުން ކްރިސްޓަލް ޕެލަސް މެޗްގެ ލީޑު ހޯދައިފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވިލްފްރިއެޑް ޒަހާ ވައްދާލި ގޯލުންނެވެ. މެޗްގެ 80 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ތަފާތު ކުޑަކޮށްދީފައި ވަނިކޮށް ޒަހާ ވަނީ 85 ވަނަ މިނެޓުގައި ޕެލަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ރޭ ދެން ކުޅެވުނު މެޗްގައި އިނގިރޭސި ލީގަށް 17 އަހަރަށްފަހު ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް ވަނީ ފުލަމް އަތުން 4-3 އިން މޮޅުވެފަ އެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ޖެހި ގޯލާއެކު ލީޑްސް އިންވަނީ ލީޑު ނަގައިފައެވެ. ނަމަވެސް ހާފު ނިމުމުގެ ފުލަމް އަށް ލިބުނު ޕެނަލްޓީ އަކުން މިޓްރޮވިޗް ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލީޑްސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކްލިޗްއެވެ.
ދެވަނަ ހާފު ފަށައިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލީޑްސްގެ ތިންވަނަ ގޯލާއި ހަތަރު ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ބަމްފޯޑް އާއި ކޮސްޓާ އެވެ. މީގެ ކުޑަ އިރު ކޮޅެއް ފަހުން ފުލަމް ގެ ދެވަނަ ގޯލާއި ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރެއިޑް އާއި މިޓްރޮވިޗް އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅޭނެ އެންމެ ވަރުގަދަ މެޗަކީ ޗެމްޕިއަން ލިވަޕޫލް އާއި ޗެލްސީ ބައްދަލުކުރާ މެޗެވެ. މިމެޗް ފަށާނީ ރާއްޖެ ގަޑިން 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު