ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި މާދަމާ ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގެ ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މި އެއްވުމަކީ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއްކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އެއްވުން އިންތިޒާމްކުރަނީ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިސްވެ އޮވެ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން އާއްމުން ބައިވެރިވާ ހާއްސަ ސްޓިރިއަރިން ކޮމިޓީއަކުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ބޮޑު އެއްވުމާ ބެހޭގޮތުން ސްޓިއަރިން ކޮމިޓީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ މާދަމާ ހަވީރު 4 ޖަހާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމަށް ހަމަޖެހިފައިވާ މި އެއްވުމަކީ ސުލްހަވެރި އަދި ޣައްޒާގެ އެންމެފަހުގެ ހާލަތު ރައްޔިތުންނަށް ސާފުކޮށްދީ ޣައްޒާގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި ޔަހޫދީ ސިފައިން ޣައްޒާގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުން އޮންނާނޭކަމަށް ބުނެފައިވެއެވެ.
ކޮމިޓީގެ ބޭފުޅުން ވަނީ ޣައްޒާގެ ރައްޔިތުންގެ މިނިވަންކަމުގެ ހައްޤުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި މި އެއްވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، މިކަމުގައި ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމަށް އެދިފައެވެ.
މި ހަރަކާތް އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅެމުންދާ 50 އަށްވުރެ ގިނަ ރަށުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މާލޭގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު