ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް, ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫޢުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވަމުންދާކަމަށެވެ.
އަދި އޭގެ ސަބަބުން އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުންކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެއާއެކު ކުދި އަދި މެދުފަންތީގެ ކުންފުނިތައް ދަރަނިވެ، މިހާރު ބަގުރޫޓުވާ ހިސާބަށް ގޮސްފައިިވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ނާޒުކު ވަގުތުގައި މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދައި، އާންމު ރައްޔިތުން މި ދަތި ހާލުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، މި ހަފްތާގައި ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ އެކި މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރައްވާފައެވެ. އޭގެ ތެރޭގައި ފަހިދިރިއުޅުން ކޯޕަރޭޝަން ފަދަ ކުންފުނިތަކާ ސްކޫލް އިމާރާތް އެޅުންފަދަ މަޝްރޫއުތައް ވެސް ހަވާލުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު