އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމާފައިިވާކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބުނު ހުރިހާ ހައްގެއް ގެއްލިގެންދާއިރު ބަލަން ނުތިބެ އަމަލީގޮތުން މަސައްކަތް ކުރުމަށާއި ޕާޓީ ހަރަކާތްްތެެރި ކުރުމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށެވެ.

އަދި ވިދާޅުވީ ގާނޫނުއަސާސީގައި ލިބިދީފަައިވާ ހައްގުތައް ހޯދަން މަސައްކަތް ނުކުރާ ބަޔަކަށް، ހައްގެއް ގެއްލުމަކުން އަސަރެއް ނުކުރާނެ ކަމަށެވެ،

މޫސަ މިހެން ވިދާޅުވެފައިވާއިރު، އޭނާ ގެންދަވަނީ މިހާރު ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލްގެ ސިޔާސަތުތަކަށް ދޭތެރެއަކުން ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، މިހާރު އެމްޑީޕީގެ ހިނގުން އޮންނަނީ ހުއްޓިފައިކަމަށާއި މަގުމަތީގެ ހަރަކާތްތައް ކުރިއަށް ނުދަނީ ލީޑަރޝިޕްގެ ސަބަބުންކަމަށް މޫސަ ދަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލަައްވަން ނިންމެވިއިރު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަށް ފައްޔާޒު މިހާރު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު