މަރްޔަމް ނަހްދާ ވަޙީދު   21 އޯގަސްޓު 2025 - 16:35
އާރްޑީސީގެ ޗެއާމަނަކަށް އަނެއްކާވެސް ޝާމީ އައްޔަނުކޮށްފި-
އާރްޑީސީގެ ޗެއާމަނަކަށް އަނެއްކާވެސް ޝާމީ އައްޔަނުކޮށްފި-
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން،، އާރުޑީސީގެ ޗެއާމަނަކަށް އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝާމީ އާދަމް އަނެއްކާވެސް އައްޔަންކޮށްފިއެވެ.

އާރްޑީސީގެ ޗެއާމަންކަމުން ޝާމީ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ގައެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ.

އޭރު ޝާމީ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.

ޕީސީބީއިން މިއަދު ބުނީ އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށާއި ބޯޑު މެންބަރު ކަމަށް މިއަދު ޝާމީ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ދާދި ފަހުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު ވަނީ ހަމަޖައްސާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު