އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ
އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަކީ އެމެރިކާއިން އިސްކަންދޭ ކަމެއް ނޫން ކަމަށް އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ބުނެފިއެވެ.

އަލް އަރަބިއާ އަށް ދިން އިންޓަވިއުއެއްގައި ހަކަބީ ބުނީ މިކަމަކީ އެންމެ އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕު އެންމެ ފަހަރަކުވެސް ވިދާޅުވެފައި ނުވާ ކަމަށެވެ.

އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަޙައްދުގައި ސުލްޙައަށް ތާއީދު ކުރެއްވި ނަމަވެސް، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ އޭނާގެ މިހާރުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ސާފިރު ވަނީ ބުނެފައެވެ.

ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމަށް ޔޫރަޕްގެ ގިނަ ގައުމު ތަކުން ނިންމި ނިންމުން ކުށްވެރި ކުރަމުން، ހަކަބީ ވަނީ ޕެލަސްޓައިން އޮތޯރިޓީ އާއި ޔޫރަޕުގެ ސަރުކާރުތަކުން ސުލްޙައިގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

އޭނާ ބުނިގޮތުގައި އެމެރިކާ އިން ކޮންމެ ފަހަރަކު ސުލްހަ އާ ދިމާ އަށް މަސައްކަތްކޮށް، އެކަމާ ގާތްވަމުން އަންނަ ކަމަށް ހީވާއިރަށް، ޔޫރަޕުގެ ނުވަތަ ޕެލަސްޓައިން އޮތޯރިޓީގެ ފަރާތުން އެކަން މުޅިން ހަލާކުކޮށްލާ ފަދަ ޢަމަލުތުތަކެއް ކުރާތަން ފެންނަމުން ދާކަމަށެވެ.

އަދި ޕެލަސްޓައިން އޮތޯރިޓީ އިން އަމިއްލަ އަށް ފަލަސްތީން "ދައުލަތެއް ގަބޫލު ކުރުމަށް ގޮވާލުމާއި" އަދި ހަނގުރާމަ ކުރާ އާއިލާތަކަށް އެލެލަވަންސް ދިނުންފަދަ ސިިޔާސަތުތައް ކުރިއަށް ގެންދިއުމަކީ ނޭދެވޭ ނަތީޖާ ނެރޭ ކަންކަމުގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމާ ގުޅޭ ގޮތުން ޔޫރަޕުގެ ލީޑަރުން އަޅާ ފިޔަވަޅުތަކާ މެދު "އަލުން ވިސްނުމަށާއި" އިސްރާއީލުގެ މައްޗަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ހަމާސް އަށް އިތުރަށް ފިޔަވަޅު އެޅުމަށް ހަކަބީ ވަނީ ޔޫރަޕުގެ ލީޑަރުންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް