ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަންގެ 27 މައްސަލައެއް ބަލައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އަޙްމަދު ސަޢީދާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މައްސަލަތަކެއް މިހާރު ދިރާސާ ކުރަމުން ދާ ކަމަށާއި، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާނީ މައްސަލަތައް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

މީގެ ކުރިންވެސް ކޮރަޕްޝަންގެ ގިނަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ފެނަކައާ ގުޅުން ހުރި ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ދަނީ ތަހުޤީޤުކުރަމުންނެވެ. އެގޮތުން ފެނަކައިގެ 52 މައްސަލައެއް ތަހުޤީޤު ކުރަމުންދާކަމަށް އޭސީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބުނެފަ އެވެ.

ސައީދަށް ތުހުމަތުކޮށް އޭސީސީ އަށް ގިނަ މައްސަލަތަކެއް ހުށައަޅާފައިވާއިރު، ސަޢީދަކީ ކޮރަޕްޝަނާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިއީ މި ސަރުކާރުގެ ކުންފުންޏަކާ ދެކޮޅަށް ކޮރަޕްޝަނަށް ތުހުމަތުކޮށް މިހާ ގިނަ ޢަދަދެއްގެ މައްސަލަ އޭސީސީއަށް ހުށައެޅި ފުރަތަމަފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން