ގދ. ތިނަދޫގެ މިހާރުގެ މޭޔަރު ސައުދު އަލީ ހިމެނިވަޑައިގަންނަވާހެން، އެ ރަށު ކައުންސިލްގެ ކުރީގެ ހަތަރު މެންބަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި މައްސަލައަކީ ތިނަދޫގައި ރަށު ކައުންސިލެއް ހިންގި ފަހު ދައުރުގައި، އާންމުކޮށް އިއުލާންކުރުމަކާ ނުލައި ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށްޓަކައި އަމިއްލަ ކުންފުންޏަކަށް ބިންތަކެއް ދޫކުރި މައްސަލައެކެވެ. މި މައްސަލައިގައި ކޮމިޝަނުން އެދިފައިވަނީ އޭރުގެ ކައުންސިލްގެ ރައީސް އަދި މިހާރުގެ މޭޔަރު ސައުދު އަލީގެ އިތުރުން، އޭރުގެ ކައުންސިލް މެންބަރުން ކަމަށްވާ އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.
އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުން ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ބިން ދޫކުރަންވާނީ އާންމުކޮށް ބީލަމަށް ހުޅުވާލައިގެންނެވެ. ނަމަވެސް އެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް، ބީލަމަކަށް ނުލައި އެ ކުންފުންޏަށް ބިން ދޫކުރުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، އެ ކުންފުންޏަށް އިތުރު ތިން ބިމެއް ވެސް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.
ކައްކާ ގޭހުގެ ވިޔަފާރިއަށް ބިން ދޫކުރި މައްސަލައިގައި މޭޔަރު ސައުދުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ތިނަދޫގެ އާބާދީ އޮޅުވާލައިގެން ސިޓީއެއްގެ ދަރަޖަ ހޯދުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް މިހާރު ވަނީ ޝަރީއަތުގައި ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު