ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގައި ވިއްކާލި މީހަކު ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މި ވައްކަމަކީ އެޗްޑީސީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިނގި ވައްކަމެކެވެ.
ތ. ގާދިއްފުށި, މިރިޔާސްގެ, ހަސަން ޝަކީބު, ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމެންޓް އޮފީހަށްވަދެ، އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގައި އެ ލެޕްޓޮޕްތައް ވިއްކާލާފައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން ފަސް ލެޕްޓޮޕް ވަގަށް ނަގައި ވިއްކާލާފައިވަނީ އެންމެ 1700 ރުފިޔާއަށެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމުން، ޝަރީއަތުގައި ދައުވާ ލިބުނު މީހާވަނީ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
ދައުވާ ލިބުނު ފަރާތުން ޝަރީއަތުގައި އިއުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަދި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ނިންމާފައިވަނީ އަދަބަށްވެސް ލުއި ދީގެންނެވެ.
މި ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އަދަބު ލުއިކޮށްދީފައިވާތީ މި މައްސަލައިގައި އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ.

ކިޔުންތެރިންގެ ހިޔާލު