އަސްލު މައްސަލައަކީ ރައީސުން ނޫން ކަމަށާއި، އަސްލު މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަދުލު އިންސާފުގެ ނިޒާމު ހަލާކުވެފައިވުން ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވައި މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ ޤައުމުގެ ހާލަތު ގޯސްވުމުގެ ސަބަބަކީ ރައީސް މުއިއްޒު، ރައީސް ޞާލިޙް، ރައީސް ޔާމީން ނުވަތަ ރައީސް ނަޝީދު ނޫން ކަމަށާއި، އަސްލު މައްސަލަ އުފެދިގެން އައިސްފައިމިވަނީ ސިސްޓަމްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އަސްލު މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަދުލު އިންސާފުގެ ނިޒާމް ހަލާކުވެފައި އޮތް އޮތުމެވެ.
ރާއްޖޭގެ ޤާނޫނުތައް ދެނެގަންނަން ނޭނގޭ ވަރަށް އޮޅުވާލެވިފައިވާކަން ފާހަގަކުރައްވަމުން ފިރާގު ވިދާޅުވީ ގާނޫނު އަސާސީއަށް ގިނަ އިސްލާހުތަކެއް ގެނެވިފައި ވާއިރު، އެ އިސްލާހުތަކަކީ ރައްޔިތުންގެ މަސްލަހަތައްޓަކައި ގެނެސްފައިވާ އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީއަކީ މަދު ބައެއްގެ މަޞްލަޙަތަށް ޚިދުމަތްކުރުމަށް އެއްކޮށްލެވި، ފޭރާން އަޅުވައި، އޮޅުވާލެވިފައިވާ 'ކޮކްޓެއިލްއަކަށް' ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމުގެ އާންމު ރައްޔިތުން އެއްވެސް ބާރުވެރިކަމެއް ނެތި ދޫކޮށްލެވިފައިވާއިރު، މި ގައުމުގައި ހަމަ ކޮންމެ މީހަކަށްވެސް މިލިއަނުން ނުވަތަ ބިލިއަނުން ރުފިޔާ ހިފައިގެން އެމީހަކު ބޭނުން ގޮތަކަށް ދެވިދާނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.
މި ގައުމުގެ އާންމު ރައްޔިތުންނާމެދު ބޮޑުން ކަންތައް ކުރަނީ ކެރަމް ބޯޑެއްގެ އުސޫލުން ކަމަށް ފިރާގު ވިދާޅުވިއެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ބޭނުން އެމީހުން ބޭނުންހާ ގޮތަކަށް ހިފައި، އެކި ދިމަދިމާލަށް ޖައްސައި، ބޭނުން ނިމުމުން އެއްލާލާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަނިޔާވެރިކަމާމެދު ވިސްނާލުމުން ބުއްދި ގެއްލޭ ހިސާބަށް ދާ ކަމަށާއި، އެންމެންވެސް 'ބީތާ' ވާކަމަށް ފިރާގު ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ކިބައިގައި ހަގީގަތާ ކުރިމަތިލުމުގެ ގާބިލްކަން ހުންނަން ޖެހޭ ކަމަށާއި، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސީދާ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އަދި އަޅުގަނޑުމެންނަށް ސީދާ ފައިދާ ނުކުރެވިދާނެ ކަމުގައި ވިޔަސް، ސަރުކާރުގައި ހުރި ނިޒާމީ މައްސަލަތަކާ ދެކޮޅަށް ތެދުވެ، އެކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށް، ރާއްޖޭގައި ކޮރަޕްޝަން ކުޑަކުރުމަށް ސިޔާސީ ބޭފުޅުން އިސްނަގައި މަސައްކަތްކުރަން ޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ.

The real issue lies in the system not with President Muizzu , President Soalih , President Yameen or President Nasheed. The root problem is justice. Our justice system is broken, and the legislation has been twisted beyond recognition. With so many amendments, our Constitution…
— Mohamed Firaq (@mohamedfiraq) August 22, 2025
ގައުމުގެ އާންމު ރައްޔިތުން އެއްވެސް ބާރުވެރިކަމެއް ނެތި ދޫކޮށްލެވިފައިވާއިރު، މި ގައުމުގައި ހަމަ ކޮންމެ މީހަކަށްވެސް މިލިއަނުން ނުވަތަ ބިލިއަނުން ރުފިޔާ ހިފައިގެން އެމީހަކު ބޭނުން ގޮތަކަށް ދެވިދާނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.
މި ގައުމުގެ އާންމު ރައްޔިތުންނާމެދު ބޮޑުން ކަންތައް ކުރަނީ ކެރަމް ބޯޑެއްގެ އުސޫލުން ކަމަށް ފިރާގު ވިދާޅުވިއެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ބޭނުން އެމީހުން ބޭނުންހާ ގޮތަކަށް ހިފައި، އެކި ދިމަދިމާލަށް ޖައްސައި، ބޭނުން ނިމުމުން އެއްލާލާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަނިޔާވެރިކަމާމެދު ވިސްނާލުމުން ބުއްދި ގެއްލޭ ހިސާބަށް ދާ ކަމަށާއި، އެންމެންވެސް 'ބީތާ' ވާކަމަށް ފިރާގު ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ކިބައިގައި ހަގީގަތާ ކުރިމަތިލުމުގެ ގާބިލްކަން ހުންނަން ޖެހޭ ކަމަށާއި، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސީދާ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ސިޔާސީ ލީޑަރުންގެ ކިބައިގައި ހަގީގަތާ ކުރިމަތިލުމުގެ ގާބިލްކަން ހުންނަން ޖެހެ އެވެ. އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސީދާ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ. އަޅުގަނޑުމެންނަށް ސީދާ ފައިދާ ނުކުރެވިދާނެ ކަމުގައި ވިޔަސް، ސަރުކާރުގައި ހުރި ނިޒާމީ މައްސަލަތަކާ ދެކޮޅަށް ތެދުވެ،…
— Mohamed Firaq (@mohamedfiraq) August 22, 2025
އަދި އަޅުގަނޑުމެންނަށް ސީދާ ފައިދާ ނުކުރެވިދާނެ ކަމުގައި ވިޔަސް، ސަރުކާރުގައި ހުރި ނިޒާމީ މައްސަލަތަކާ ދެކޮޅަށް ތެދުވެ، އެކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށް، ރާއްޖޭގައި ކޮރަޕްޝަން ކުޑަކުރުމަށް ސިޔާސީ ބޭފުޅުން އިސްނަގައި މަސައްކަތްކުރަން ޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު