މަރްޔަމް ނަހްދާ ވަޙީދު   23 އޯގަސްޓު 2025 - 10:44
ލަންކާގެ ކުރީގެ ރައީސް
ލަންކާގެ ކުރީގެ ރައީސް
ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކުރި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ބަންދަށް ހަތަރު ދުވަސް ޖަހައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް ރަނިލް އިއްޔެ ހައްޔަރުކޮށްފައިވާ އިރު ރޭގެ ވަގުތެއްގައި އެގައުމުގެ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އޮގަސްޓު 26 ވާ އަންގާރަ ދުވަހާ ޖެހެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ލަންކާގެ ފުލުހުން، ރަނިލް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ. އެމައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އެގައުމުގެ ސީއައިޑީއަށް ވަޑައިގަތުމުން އެތަނުން ރަނިލް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާތީ ތަހުގީގު ކުރާ މައްސަލައެކެވެ.

އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން އޭނާ ޖުމުލަ 16.9 މިލިއަން ރުޕީސް ހަރަދުކުރި ކަމަށް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު