އީރާނުގެ އެއާ ޑިފެންސް ސައިޓުތައް-
އީރާނުގެ އެއާ ޑިފެންސް ސައިޓުތައް-
ރަޝިޔާ އިން އީރާނުގެ އެއަރ ޑިފެންސް ސައިޓްތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ދިންކަމަށް އިރާނުން ތުހުމަތުކޮށްފިއެވެ.

އީރާނުގެ އެކްސްޕީޑިއެންސީ ޑިސަރންމަންޓް ކައުންސިލްގެ މެންބަރު މުޙައްމަދު ސަދުރު ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިޔާ އިން އީރާނުގެ އެއަރ ޑިފެންސް ސައިޓްތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ދީފައިވާ ކަމަށް ބުނެފައެވެ.

މިއަހަރު އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމަ އަށް އިޝާރާތް ކުރަމުން އޭނާ ބުނީ މި ހަނގުރާމައިން ސާބިތުވީ މޮސްކޯ އާއެކު އޮތް ސްޓްރެޓެޖިކް ގުޅުމުގެ އެއްވެސް އަގެއް ނެތްކަން ކަމުގައެވެ.

އަދި އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށްވެސް އޭނާ ބުންޏެވެ.

މިއަހަރުގެ ކުރީކޮޅު، އިސްރާއީލުން އީރާނުގެ އަސްކަރީ ތަންތަނަށް ގިނަ ހަމަލާތަކެއް ދީ، އިސް އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުކޮށްލާފަައި ވެއެވެ.

އިސްރާއީލުން ދިން މި ހަމަލާތައް ކުށްވެރި ކުރުން ފިޔަވާ ރަޝިޔާ އިން އިތުރު ކަމެއް ކޮށްފައި ނުވާ ކަން ބައެއް ރިޕޯޓް ތަކުގައި އޭރުވެސް ވަނީ ފާހަގަ ކޮށްފައެވެ.

ރަޝިޔާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމުގެ އިތުރުން ޑިޕްލޮމެޓިކް ޕްރެޝަރެއް ވެސް ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު