ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ޓިކްޓޮކްގައި ކުޑައަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ޓިކްޓޮކް ލައިވް އެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ހޮނިހިރު ދުވަހު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި އާންމުކޮށްފައެވެ.

އެ ކުއްޖާގެ ފޮޓޯ އާންމުކޮށް ވިއްކާލާނެ ކަމަށް އެ މީހާ ޖެހީ، ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު