ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ފިޒީ ޑްރިންކެއް ކަމަށްވާ "ޑރ. ޕެޕާ" ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ އެމެރިކާގައި އުފައްދާ ޑރ. ޕެޕާގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ.
ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރިޒަވޭޓިވް އެކެވެ.
މި ބުއިން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ.
އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕާ ނަގައި، ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު