މީޑިއާ ކޮންޓްރޯލު ކުރުމުގެ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު އެމަނިކުފާނު ގެކޮޅަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ފަހަތްޕުޅުން ނޫސްވެރިން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ މިނިވަން ނޫސްވެރިކަން ނައްތާލެވޭ ގޮތަށް އޮތް މީޑިއާ ކޮމިޝަން ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ރައީސް އޮފީހުން މުލިޔާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ވަނީ އެ މަނިކުފާނުގެ ފަހަތްޕުޅުން ގޮސް އެތައް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެކަމާ ގުޅޭ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މިކަމާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފިރާގް ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
"މިއީ ގޯހެއް. ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަގުތު ދެއްވިއިރު، އޭގެ ފަހުން އެމަނިކުފާނު ގެކޮޅަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ފަހައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ފިރާގް ވިދާޅުވިއެވެ.
އެމަނިކުފާނަކީ ގައުމުގެ ރައީސްކަމުން ހުރިހާ ފަރުދުންވެސް ވަކި ފެންވަރެއްގައި އިޙްތިރާމް ދަމަހައްޓަން ޖެހޭ ކަމަށް ފިރާގް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ހުރިހާ ހައްގެއް ލިބިގެންވާނަމަވެސް އެކަމަށް އެކަށީގެންވާ ފޯރަމްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އިއްޔެ ފެނިގެން އެ ދިޔައީ ގޯސް ނަމޫނާއެއް ކަމަށާއި، އެފަދަ ކަމްކަމުގެ ސަބަބުން ޕްރޮފެޝަނަލިޒަމް އަށް ބުރޫ އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެއްވެސް ރައީސެއްގެ އަމިއްލަ ޖާގައާއި ކަރާމަތަށް ގެއްލުން ލިބިގެން ނުވާނެ ކަމަށްވެސް ފިރާގް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު