އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވީ މީހުން-
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވީ މީހުން-
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ޖައްވީ ހަމަލާތަކުގައި މާބަނޑު އަންހެނަކާއިއެކު ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ އަލް-ޝާޓީ ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ގެއަކަށް ދިން މި ހަމަލާގައި މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރީގެ އިތުރުން އަދި އެހެން ކުއްޖަކު ޝަހީދުވެފައިވާ ކަމަށް އަލް-ޝިފާ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ އަލް-ނަސްރުއަށް ހިޖުރަކުރި މީހުންގެ ޓެންޓަކަށް ދިން ހަމަލާއެއްގައި ދެ ފިރިހެން ކުއްޖަކު ޝަހީދުވެފައިވާ ކަމަށަވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ.

އަދި ޣައްޒާގެ ދެކުނުގައި، އަލް-ސަބްރާ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންގެ ބަޔަކަށް އިސްރާއީލީ ބާރުތަކުން އަމާޒުކޮށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެފައިވާއިރު އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މިއާއެކު ސިޓީގެ އިރުމަތީގައި އޮންނަ އަލް-މަޒްރަޢާ ސްކޫލުގައި ތިބި އާންމު ރައްޔިތުންގެ ބަޔަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފިރިހެނަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް ހޮސްޕިޓަލަކާ ހަވާލާދީ މީޑިއާއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 63,557 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް