އެމްޑީޕީ ސަރުކާރުން މި ގައުމު ލޫޓުވާފައި އޮތްވަރު ފޮތްތަކުން ފެންނަން އެބައޮތް ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ މުޅި ޤައުމު ލޫޓުވާލައިފި ކަމަށްބުނެ އެމްޑީޕީން އިންތިޒާމް ކުރަމުންދާ ޤައުމީ ބޮޑު ޙަރަކާތަށް ރައްދު ދެއްވައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝުޖާއުގެ ޕޯސްޓުގައި ވަނީ ގައުމު މިއަދު މި އޮތް ހާލަތަށް އަންނަން ޖެހުނީ މި ސަރުކާރުގެ ސަބަބުންތޯ އައްސަވައި އިދިކޮޅަށް ގިނަ ސުވާލުތަކެއް ރައްދުކޮށްފައެވެ.
"ޤައުމު މިއަދު އުފުލަމުންމިދާ ހާލަތާ ބައްދަލު ކުރީ މިސަރުކާރުގެ ކޮން ދަރަންޏަކާ ހެދިތޯ؟ރައީސް ޑރ މުއިއްޒު ކޮން ދަރަންޏެއް ދަރަންޏެއް ކޮންޤައުމަކުން ނަންގަވައިގެންތޯ؟މިއަދު މިއުނދަގޫ ހާލަތާ ބައްދަލު ކުރަން ޖެހުނީ ތިބޭފުޅުން ޤައުމު ހިންގާފައި އޮތް ގޮތުގެ ސަބަބުން ނޫންތޯ؟" ޝުޖާއުގެ ޕޯސްޓުގައި ވެއެވެ.
ޝުޖާއު ވިދާޅުވީ ނުދެއްކޭހާ ބޮޑެތި ލޯނުތައް ރައްޔިޔުންގެ ބޮލުގައި އަޅުވައި، އެލޯނުތަކުން އިޤްތިޞާދީ މަސައްކަތެއް ހަޤީގަތަކަށް ނުހެދިއޮތް އޮތުމުގެ ސަބަބުން އެ ލޯނުތައްވެސް މިއަދު ދައްކަން ޖެހިފައިމިވަނީ މި ސަރުކާރުން ކަމަށެވެ.
މިއަދު ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ ހަމަ ލޮލުން ބައްލަވައިފި ނަމަ، އެމްޑީޕީން ހާވާފައިވާ ހަޑި ސާފުކުރައްވަމުން، ޤައުމު ނުދަރާ މިހިސާބަށް ހިފެހެއްޓުމަކީ މިސަރުކާރުން ހޯދާފައިވާ ބޮޑު ކާމިޔާބެއްކަން ހުދު އެމްޑީޕީންވެސް ޤަބޫލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިބޭފުޅާ ނޫންތޯ ވިދާޅުވީ 2024 ވަނަ އަހަރު މާރޗް މަހު ޤައުމު ބަނގުރޫޓުވާނޭ؟ތިބޭފުޅުންނަށް މެނޭޖު ކުރަން ނޭނގުނަސް މާތްالله ހެޔޮ ރަޚްމަތާއެކު ރައީސް ޑރ.މުޢިއްޒު މިޤައުމު ނުދަރާ ހިފަހައްޓަވާނެ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީން ގައުމު ލޫޓުވާފައި އޮތް މިންވަރު ފޮތްތަކުން ފެންނަން އެބަ އޮތް ކަމަށެވެ.

ޤައުމު މިއަދު އުފުލަމުންމިދާ ހާލަތާ ބައްދަލު ކުރީ މިސަރުކާރުގެ ކޮން ދަރަންޏަކާ ހެދިތޯ؟ރައީސް ޑރ @MMuizzu ކޮން ދަރަންޏެއް ކޮންޤައުމަކުން ނަންގަވައިގެންތޯ؟މިއަދު މިއުނދަގޫ ހާލަތާ ބައްދަލު ކުރަން ޖެހުނީ ތިބޭފުޅުން ޤައުމު ހިންގާފާފައި އޮތް ގޮތުގެ ސަބަބުން ނޫންތޯ؟ނުދެއްކޭހާ ބޮޑެތި…
— Ibrahim Shujau (@IbrahimShujaau) September 2, 2025
ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީން ގައުމު ލޫޓުވާފައި އޮތް މިންވަރު ފޮތްތަކުން ފެންނަން އެބަ އޮތް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު