މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބޭރުކޮށްދިނުމަށް އެދި 150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށާއި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
40 މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިން ސޮއިކޮށްފައިވާ އެ ޕެޓިޝަންގައި ބުނީ މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއް ކަމަށެވެ.
އަދި އެ ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިންނާއި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށްވެސް ޕެޓިޝަނުގައި ވެއެވެ.
ޕެޓިޝަންގައި ބުނީ ބިލު ފަރުމާކުރީ ބޭރުގެ ބައެއް ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ، ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށާއި ބިލު ޑްރާފްޓްކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަ ކަމަށެވެ.
އަދި ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށް ޕެޓިޝަނުގައި ވެއެވެ.
އެގޮތުން، އެ ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން މީޑިއާތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް މީޑިއާ އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެއެވެ.
ޕެޓިޝަންގައި ބުނީ، ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލު ކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމެއް ކަމަށާއި އެ ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.
މިއަދު ހުށަހެޅި ޕެޓިޝަން ނިންމާލާފައިވަނީ މަޖިލީހުން އެބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު