ދައުލަތުގެ އިސް މަގާމެއްގައި ހުންނަ މީހަކަށް "ހެތޮ އެދޭ ފަރާތްތަކުން ހިލޭ ދޭނީ" ނަހަލާލު ރިޝްވަތު ކަމަށް ކުރީގެ އެޓާރނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ސަވާދު މިހެން ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު، ހަދިޔާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ލިބިވަޑައިގެންފައި ވާކަމަށް ބަޔާން ކޮށްފައިވާތީއެވެ. އަދި ބައެއް ބޭފުޅުންނަށް އަގުބޮޑެތި މުދަލާއި ފްލެޓާއި ރޯ ހައުސް ހިލޭ ލިބިވަޑައިގެންފައިވާ ކަމަށް މާލީ ބަޔާންތަކުގައި ވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ނުޙައްޤު މުއްސަނދިކަމަކީވެސް ހިލޭ ލިބޭ އެއްޗެއް ކަމަށެވެ.
އަދި ރިޝްވަތުގެ ފައިސާއަކީވެސް ހިލޭ ލިބޭ އެއްޗެއް ކަމަށާއި، ވަގަށް ނަގާ މުދަލާ ފައިސާއަކީވެސް ހިލޭ ލިބޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކިތައްމެ ގޮތަކަށް ބަސްތައް އެނބުރިކަމުގައިވީ ނަމަވެސް، ދައުލަތުގެ މަގާމުތައް ފުރުއްވާ ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ލިބޭ ފައިސާއާއި މުދާ ވާނީ ނަހަލާލު ރިޝްވަތަށް ކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު