އެންމެ އާންމު ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ހިމެނޭހެން ނޭޕާލުގެ ސަރުކާރުން 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅައިފައިވަނީ "ޑައިރެކްޓިވްސް ފޮރ މެނޭޖިންގ ދަ ޔޫސް އޮފް ސޯޝަލް ނެޓްވަރކްސް، 2023" ގެ ދަށުން ރަޖިސްޓްރީ ކުރުމަށް އަންގައިފައިވާ ގޮތަށް އެ ޕްލެޓްފޯމުތައް ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ.
މި ފިޔަވަޅަކީ އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރަކާ އެއްގޮތަށް އަޅައިފައިވާ ފިޔަވަޅެކެވެ. އެ އަމުރުގައި ވަނީ ބޭރުގެ ސޯޝަލް ޕްލެޓްފޯމްތައް ނަމަވެސް، ނޭޕާލްގައި ހިދުމަތް ދިނުމުގެ ކުރިން ރަސްމީކޮށް ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.
ބޮޑެތި ކުންފުނިތަކަށް ރަޖިސްޓްރީ ކުރުމަށް އަލުން އޯގަސްޓް 28 އިން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، މެޓާ (ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް)، އަލްފަބެޓް (ޔޫޓިއުބް)، އެކްސް (ކުރީގެ ޓްވިޓަރ)، ރެޑިޓް އަދި ލިންކްޑްއިން ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން އެއްވެސް އެޕްލިކޭޝަނެއް ހުށަހަޅާފައެއް ނުވެއެވެ.
އެހެންނަމަވެސް ޓިކްޓޮކް، ވައިބަރ، ވިޓްކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ވަނީ މިހާރު ރަޖިސްޓްރީ ކޮށްފައެވެ. އަދި ޓެލެގްރާމް އަދި ގްލޯބަލް ޑައިރީ ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ.
އެހެންކަމުން އެގައުމުގެ ސަރުކާރުން ވަނީ ރަޖިސްޓްރީ ނުކުރާ އެޕްތައް 'ބޭން' ކޮށްލާފައެވެ.
މިހާރު އެޕްތައް އިންސްޓޯލް ކޮށްފައި ހުރި ނަމަ، އެ އެޕްތައް މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އަލުން އިންސްޓޯލް ކުރާ ފަރާތްތަކަށް މަސައްކަތް ނުކުރާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު