އެމްޑީޕީގެ މުޒާހަރާގެ ތެރެއިން
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މާޅީ ވުޒާރާ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

އެ މުޒާހަރާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ ޕީޖީ މެންބަރުން މާލީ ވުޒާރާ ހުންނަ ސަރަޙައްދަށް މިއަދު ގޮސްފައިވަނީ މާލީ ވަޒީރު މޫސާ ޒަމީރާއި ބައްދަލު ކުރުމަށެވެ. ނަމަވެސް މެންބަރުން އެ ތަނަށް ވަންނަން ފުލުހުން ހުއްދަ ދީފައެއް ނުވެއެވެ. އެންމެ ފަހުން މެންބަރުން މިނިސްޓްރީގެ ތެރެއަށް ވަދެގަތީ ފުލުހުންގެ ސަފު ފޫއަޅުވާލުމަށް ފަހުއެވެ.

މުޒާހަރާ ކުރާ ސަރަޙައްދުގައި ހުންނަވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ 16 ސުވާލު ފިނޭންސް މިނިސްޓަރާ ކޮށްފައިވާނެ ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށެވެ.

“މިއަދު މިއައީ ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުމަށް ޖަވާބެއް ލިބޭތޯ.” މައުރޫފް ވިދާޅުވިއެވެ.



މަލީ ވުޒާރާ ކައިރިއަށް އެއްވެފައިވާ މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުވުމާއި، ކަރަންސީ ސްވޮޕްގެ މައްސަލަ އާއި ޑޮލަރު ރޭޓް ބޮޑުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިވެފައިވުން ހިމެނެއެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ހިންގާ ހަރަކާތްތައް އިތުރުކޮށްފައިވާއިރު، އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު