މަރްޔަމް ނަހްދާ ވަޙީދު   10 ސެޕްޓެމްބަރު 2025 - 16:57
ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސާހިލް-
ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސާހިލް-
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުވާކުރަނީ މާލޭގައި އޮގަސްޓް، 2023 ގައި ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައެވެ.

ސިއްރުން ކުރިއަށް ގެންދާ އެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި 35 ހެއްކެއްގެ ހެކިބަސް ނަގަން ޖެހޭއިރު، އެކަމަށްޓަކައި ހަ އަޑުއެހުމެއް ތާވަލު ކޮށްފައިވާ ކަމަށެވެ.

އެ ހެކިންގެ ހެކިބަސް ދެ މަސް ތެރޭގައި ނަގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ހާމަކުރިއެވެ.

މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ސާހިލް ދެކޮޅުހަދާފައިވާއިރު، އޭނާއަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. އަދި އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އޮތީ ނިންމާފައެވެ.

އެންމެފަހުން ސާހިލް ވަނީ ވަކީލަކު ބޭނުންނުވާ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު