ގއ. ކަނޑުހުޅުދޫއާއި ކޮނޑޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މިއަދު ފެށުމާއެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމް ކޮށް ނިމިއްޖެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ހިދުމަތް ފަސޭހަކުރުމަށް އޭޓީއެމް ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ދެ ރަށުގައި މި ހިދުމަތް ފަށައިދެއްވާފައިވަނީ ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރާއެކު ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަބްދުﷲ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
އަލަށް ބެހެއްޓި އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ހިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރި މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު