ހެލްތު މިނިސްޓަރ-
ހެލްތު މިނިސްޓަރ-
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުސަތު ލިބުމުގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ކުރީކޮޅުގައި ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވާ ކުދިން އިންޓަރންޝިޕް ހެދުމަށް ހުރި ގޮންޖެހުންތަކުގެ ޝަކުވާ ވަރަށް ގިނައިން ލިބުނު ކަމަށެވެ. އަދި ބައެއް ކުދިން ބައްދަލުކޮށްފައި ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަންގްލަދޭޝްގެ އިތުރު ފަސް ޔުނިވަރސިޓީއަކުން ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ސަރުކާރުން މިހާރު ހޯދައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންވެސް މިހާރު އިންޓަރންޝިޕް ފުރިހަމަކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއިން އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތުދިނުމުގައި އިސްކަންދޭނީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު