ބީއެމްއެލް އިން ގ.ދ އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަންގެ ތެރެއިން.
ބީއެމްއެލް އިން ގ.ދ އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަންގެ ތެރެއިން.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއަރ ބިނާ ކުރާނެ ގޮތާއި މެންޓަރޝިޕް ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

އަދި މިޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓަރ ސިސްޓަމެއް ބީއެމްއެލް އިން ވަނީ ހަދިޔާ ކޮށްފައެވެ. މިއީ އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.



ކިޔުންތެރިންގެ ހިޔާލު