ެިއިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ
ެިއިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ
ހަތިޔާރުގެ ވިޔަފާރީގައި އެހެން ގައުމުތަކަށް އޮންނަ ބަރޯސާ ކުޑަކުރަން ޖެހޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޔަހޫދީ ފިނޭންސް މިނިސްޓްރީގެ ކޮންފަރެންސެއްގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އޭނާ ބުނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެކަހެރިވަމުންދާ ކަމަށެވެ. އަދި މިކަން އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށާއި، އަމިއްލައަށް ތަކެތި އުފައްދާ އެހެން ޤައުމުތަކަށް އޮންނަ ބަރޯސާވުން ކުޑަކުރަންޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އިސްރާއީލުގެ އިޤްތިޞާދު "އޯޓާކިކް" ސިފަތަކަކަށް ބަދަލުވާން ޖެހޭނެ ކަމަށާއި، ހަތިޔާރުގެ ވިޔަފާރީގައި އެހެން ޤައުމުތަކުގެ އިމްޕޯޓަށް ބަރޯސާވުން ކުޑަކުރަން ޖެހޭނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އޭނާ މިހެން ބުނެފައިވާއިރު، ފްރާންސް، ނެދަލޭންޑްސް، ޔޫކޭ، ސްޕެއިން އަދި އިޓަލީ ފަދަ ޤައުމުތަކުން ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް