މަރްޔަމް ނަހްދާ ވަޙީދު   16 ސެޕްޓެމްބަރު 2025 - 11:51
މަޖިލީހުގެ ރައީސް-
މަޖިލީހުގެ ރައީސް-
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި އަބްދުއްރަހީމް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.

މަޖިލީހުން ބުނީ އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބަައިވެފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު