ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްގެ އިންޓަަރންޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމުހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެމުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައި ވެއެވެ.
މި އަހަރު ބީއެމްއެލް އިން ވަނީ އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ހުޅުވާލައިފައެވެ.
ގްރެޖުއޭޓް އިންޓަރންޝިޕް އަށް 15 ބައިވެރިން ނެގުމަށް ހަމަޖެހިފައިވާއިރު މި އިންޓަރންޝިޕްގެ ދަށުން ބެންކުގެ އެކި ޑިވިޝަންތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އަދި ޓެކް ސްޓާޓް އިންޓަރންޝިޕްގެ 10 ފުރުސަތު ހުޅުވާލާފައިވާއިރު، މި އިންޓަރންޝިޕްގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރިއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައިދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓުތަކާއި، ޑިޕާޓްމަންޓުތަކާއި، ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއަހަރުގެ ގްރެޖުއޭޓް އިންޓަރންއަކަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރންއަކަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބީއެމްއެލްއިން 77 އިންޓަރނުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރނުންނަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާފަރާތްތަކަށް މިމަހު 30 ގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު