މީޑިއާ ރެގިއުލޭޓު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްވެސް ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ޑިމޮކްރެޓިޖް މުޖުތަމައުތަކުގެ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޓުކުރުމުގެ ގޮތުން މަހިލީހަށް ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.
މި ބިލާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ޑިމޮކްރަސީއަކީ އަޅުގަނޑުމެންގެ ޖުމްހޫރިއްޔާ ކަނޑައަޅާ ސާފު ރަތް ރޮނގެއް ކަމަށާއި، އެއާމެދު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤުތަކެއް ކަމަށާއި އެއީ ސިޔާސީ ފަސޭހައަށް އޮންނަ އިތުރު ކަމެއް ނޫންކަމަށެވެ.
ސަވާދު ވިދާޅުވީ ދައުލަތުން މީޑިއާ ކޮންޓްރޯލް ކުރާހިނދު ރައްޔިތުންނަށް ފާޅުކުރެވޭނީ ހަމައެކަނި ދައުލަތުން ތާއީދުކުރާ ހިޔާލުތައް ކަމަށެވެ. އެގޮތަށް އެކަން ވާނަމަ އެއީ ޑިމޮކްރެސީއެއް ނޫންކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަވާދު ވިދާޅުވީ މީޑިއާ ރެގިއުލޭޓުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްވެސް ހެޔޮނިޔަތެއް އޮތްނަމަ، އަދި އޭގެ މަޤްޞަދަކީ ނުބައި މަޢުލޫމާތާއި، އޮޅުވާލުމާއި، ދޮގު ޚަބަރުތަކާ ކުރިމަތިލުން ކަމުގައިވާނަމަ، އެކަން ކުރަންވާނީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޤާއިމުވެފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތައް ކަމަށެވެ.
އަދި މި މަސައްކަތުގައި ހެޔޮ ނިޔަތެއް އޮތްނަމަ އަނިޔާވެރި ވެރިކަމެއް އޮންނަ ޤައުމުތަކުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތަކަށް މިކަން ނުކުރާނެ ކަމަށްވެސް ސަވާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު