ފުލުހުން އަނބިދަރިންނަށް ގެންދާ މުސާރަ ދެނީ ރައްޔިތުން ކަމަށާއި އެހެންކަމުން ފުލުހުން ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފުލުހުންނަށް އިލްތިމާސް ކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސްކުރާ ގޭ ކައިރީގައި ނޫސްވެރިން މިއަދު ކުރަމުންދާ އިޙްތިޖާޖާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ފުލުހުންނަށް ނަސޭޙަތްތެރިވެ ލައްވާ ކަމަށެވެ. އަދި ފުލުހުން އިސްކުރަންވާނީ އޯގާތެރިކަމާއި ކެތްތެރިކަން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ތިޔަ ބޭފުޅުންނަށްވެސް ގައުމުން ލިބޭ ޙައްގު ނޫސްވެރިންނަށްވެސް ލިބެޔޭ. ތިޔަ ބޭފުޅުންގެ އަނބިދަރިންނަށް ގެންދާ މުސާރަ ދޭބަޔަކީ ތިޔަ ފެންނަ އާންމު ރައްޔިތުން." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު މީޑިއާ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ދަނީ މަޖިލީސް ކުރާގޭ ކައިރީގައި އިޙްތިޖާޖް ކުރަމުންނެވެ.
އަދި މިއިޙްތިޖާޖްގައި ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.

ތަކުރާރުކޮށް މިނަސޭޙަތްތެރި ވަނީ އަނިޔާ ނުކުރަން. ފުލުހުން ނަކީ އޯގާތެރި ކެތްތެރި ބަޔަކަށް ވާށޭ!
— Mohamed Jameel Ahmed (@MJameelAhmed) September 16, 2025
ތިޔަ ބޭފުޅުންނަށްވެސް ގައުމުން ލިބޭ ޙައްގު ނޫސްވެރިންނަށްވެސް ލިބެޔޭ.
ތިޔަ ބޭފުޅުންގެ އަނބިދަރިންނަށް ގެންދާ މުސާރަ ދޭބަޔަކީ ތިޔަ ފެންނަ އާންމު ރައްޔިތުން. https://t.co/3EhXxYPb6d
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު މީޑިއާ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ދަނީ މަޖިލީސް ކުރާގޭ ކައިރީގައި އިޙްތިޖާޖް ކުރަމުންނެވެ.
އަދި މިއިޙްތިޖާޖްގައި ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު