އިނގިރޭސި ޕްރިމިއަރ ލީގުގައި މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީން މޮޅަކާއެކު ސީޒަން ފަށައިފިއެވެ.
ރޭ ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޖެހީ މިދިޔަ ސީޒަންގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެވިން ޑިބްރޭނާ އެވެ. ސިޓީގެ ދެ ވަނަ ގޯލު މެޗުގެ 32 ވަނަ މިނިޓްގައި ޖެހީ ފިލް ފޯޑެން އެވެ.
މެޗްގެ ދެވަނަ ހާފް ގައި ރަނގަޅަށް ކުޅުނީ ވުލްވްސް އެވެ. އެގޮތުން އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 78 ވަަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. އަދި މިމެޗުގައި ސިޓީގެ ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ ގަބްރިއެލް ޖީސޫސް އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ފައިގައި ޖެހިފައެވެ.
ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަަތުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މިއާއެކު އިނގިރޭސި ލީގުގެ ދެވަނަ ހަފްތާގެ ކުޅުން ވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު