މަޖިލީހުގެ ނައިބު ރައީސް-
މަޖިލީހުގެ ނައިބު ރައީސް-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރިއިރު އެކަމާ ދެކޮޅަށް، ކޮމިޓީ އަޑުއަހަން ވަދެ ތިބި ނޫސްވެރިން އިހުތިޖާޖު ކޮށްފައިވާތީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ނިންމައިފިއެވެ.

އެކަން ހާމަކޮށް މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށްދިޔައިރު ކޮމިޓީ އަޑުއަހަން ފުރުސަތުދިން ފަރާތްތަކުން ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅޭގޮތަށާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަގޮތަށާއި، އިޖުތިމާއީ އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭގޮތުންް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ރިޕޯޓް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ރިޕޯޓު ކޮމިޓީއަށް ފޮނުވަން ނިންމީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި، މަޖިލީހަށް މެހުމާނުންގެ ގޮތުގައި އަންނަ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ހާޒިރުވާ ފަރާތްތަކުން އެކަންކަމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަޅުވަތައް ގަވާއިދުގައި ބަޔާންކޮށް، އުސޫލަށް ބަދަކުތަކެއް ގެނައުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް