އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ތަސްދީގު ކުރައްވައިފިނަމަ މި ވެރިކަން ނިންމުމުގެ ދޮެރު ހުޅުވިގެން ދާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މީޑިއާގެ މިނިވަންކަން ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާމެދު ނޫސްވެރިންނާއި އާންމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އިއްޔެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިމްރާން ވިދާޅުވީ ފާއިތުވި ގަރުނެއްހާދުވަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިގާފައިވާ ގޮތައް ބަލާއިރު، ރައީސް މުއިއްޒު މީޑިޔާ ކޮންޓުރޯލް ބިލް ތަސްދީގު ކުރަށްވައިފި ކަމަށް ވާނަމަ މާނައަކީ ވެރިކަން ނިންމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުއްވާ ދެއްވީ ކަމަށެވެ.

އަދި އެއަށްފަހު ދެން އެ ދޮރު ބަންދުކުރުމުގެ ކުޅަދާނަ ކަން ރައީސް މުއިޒު އަށް ލިބިގެން ނުވާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން އިތުރަށް ވިދާޅުވީ އެ ބިލު ތަސްދީގުކުރައްވައިފިނަމަ ރައީސް މުއިއްޒު އާ ދެކޮޅަށް ފަހަރަކު މީހަކު ނިކުންނަމުން ގޮސް ވެރިކަން ނިމޭނީ ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައީސް މުއިއްޒުގެ ވެރިކަމާއި ދެކޮޅަށް ނިކުންނަވައިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު