މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ފާސްކުރުމާ ގުޅިގެން، އެކަން ކުށްވެރިކުރަމުން ނެރުނު ނޫސްބަޔާނެއްގައެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މީޑިއާ ބިލު ފާސްކުރި ފާސްކުރުން އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ޕާޓީން ބުނީ އިސްލާހުތަކަކާއެކު މީޑިއާ ބިލު ފާސްކުރެވިފައިވީނަމަވެސް އެ ބިލަކީ ނޫސްވެރިކަން ހުއްޓުމަށް މަގުފަހިވާގޮތަށް އޮތް ބިލެއް ކަމަށެވެ. އަދި އެ ބިލުގެ ތެރެއިން މީޑިއާ ކޮންޓްރޯލު ކުރުމަށް ރައީސް އަށާއި މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
"މި ބިލުގެ ދަށުން މީޑިއާތައް ކޮންޓްރޯލު ކުރުމަށް ހެދިފައިވާ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެމްބަރަކު ތިބުމާއި އަދި މީޑިއާތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުންނަކީ މަޖިލީހުގައި ނެގޭ އިތުބާރުނެތްކަމުގެ ވޯޓަކުން ވަކިކުރެވޭނެ ބައެއް ކަމުގައި ވުމަކީ އެ ކޮމިޝަން ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމަށް ކުރެވިފައިވާ ކަމެއް ކަމުގައި ދެކެން،" އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.
ސަރުކާރުގެ ކޮންޓްރޯލު އޮންނަ ގޮތަށް މި ބިލުގެ ތެރެއިން އުފެދިގެންދާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާ ރެގިއުލޭޓުކުރުމުގެ ބާރާއި، ތެދު ހަބަރާއި އާންމު މަސްލަހަތު ގެއްލޭނެފަދަ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރާއި، އަދި މީޑިއާތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅައި މީޑިއާތައް ބަންދުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދޭ ކަމަށް ވަނީ ބުނެފައެވެ.
މިއީ މުޖްތަމައުގެ ތެރެއަށް ބޭރުވެގެންދާ ހަބަރާއި މައުލޫމާތު ސެންސަރުކޮށް ކޮންޓްރޯލު ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އަދާލަތުން ބުނެއެވެ. އަދި މީޑިއާތަކާއި ނޫސްވެރިންނަށް ބިރުދައްކާ، އެމީހުންގެ އަނގަ ބަންދުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުން ހުއްޓުވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައިވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އަދާލަތުން ބުނީ މިފަދަ ބޮޑެތި ބާރުތަކެއް ކޮމިޝަނަކަށް ދީ، އެ ކޮމިޝަނަކީ ސަރުކާރުގެ މުށުތެރޭގައި އޮންނަ ކޮމިޝަނަކަށް ވުމަކީ ޑިމޮކްރެޓިކް މުޖްތަމައުތަކުގައި ގެންގުޅެމުންދާ 'ޗެކް އެންޑް ބެލެންސް' ގެ އުސޫލުތަކާ ހިލާފަަސް ކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ 4 ވަނަ ބާރުގެ ބާތުވެރިކަން އެކީ ނެތިކުމަށްޓަކައި ކުރެވިފައިވާ ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އެތައް ނޫސްވެރިންނާއި ޤާނޫނީ އަދި ސިޔާސީ ފަރާތްތަކާއި ޖަމިއްޔާތަކުން މި ބިލަށް އިއުތިރާޒުކުރަމުންދަނިކޮށް، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން އަވަސް އަރުވާލައިގެން ބިލު ފާސްކުރުމުން ދައްކުވައިދެނީ މިކަމުގައި ސަރުކާރުގެ ނުނިޔަތެއް އޮތްކަން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
"މިފަދަ ހައްސާސް ބިލެއް ދިރާސާ ކުރަންވީ ވަރަށް ނުކޮށް، އަދި ހިޔާލު ހޯދަންވީ ވަރަށް ނުހޯދައި ފާސްކުރުމަކީ ދިމްޤިރާތީ މުޖްތަމައުތަކުގައި ކަންތައް ކުރަމުންދާ ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެއް" އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
މި ބިލަކީ އެތައް ބައެއްގެ ކަންބޮޑުވުންތައް އޮތް ބިލަކަށް ވުމާއެކު، މި ބިލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރޮމަތިވެގެންދާނެތީ، ބިލު ތަސްދީގު ނުކުރައްވާ އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމަށް އަދާލަތު ޕާޓީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލާފައެވެ.
އެ ޕާޓީން ވަނީ މީޑިއާގެ މިނިވަންކަމާއި، ދިވެހި ރައްޔިތުންގެ އެންމެހާ އަސާސީ ހައްޤުތައް ހިމާޔަތްކޮށް ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމުގައި އަދާލަތު ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު