އަލިފާން ނިވާލުމަށް ޙަރަކާތްތެރިވަނީ
އަލިފާން ނިވާލުމަށް ޙަރަކާތްތެރިވަނީ
މާލޭގައި ހުންނަ ބާސެލޯ ނަސަންދުރަ ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާން ރޯވެފައިވަނީ ބާސެލޯ ނަސަންދުރަ ކައިރީގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.

ހަމައެއާއެކު އެމްއެންޑީއެފުން ބުނީ، މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ. އަދި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެގޮތުން، ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 10:49 ހާއިރުއެވެ.

އޭގެއިތުރުން އެމްއެންޑީއެފުން ބުނީ، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް