މީޑިއާ ބިލު ބޭރުކުރުމަށް ގޮވާލައި މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަޙައްދަށް ޑިޕްލޮއި ކުރެވިފައިވާ ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިފަދަ ހުއްދައެއް ދީފައި ނުވާތީއާއި، އެއްވުންތައް ބޭއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަޙައްދު ނުހިމެނޭތީއާއި، އެސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދަކަށްވާތީ އާއި، އަދި އެއީ ސްކޫލްތައްވެސް ހިމެނޭ ސަރަޙައްދަކަށްވުމާއެކު، މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ޚިލާފު އެއްވުމެއް ކަމަށެވެ.
އެހެންކަމުން، ފުލުހުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައި ވަނީ، ޤާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި ޢާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމަތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެފައިވާ ކަމަށާއި، ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.
މި އޮޕަރޭޝަންގައި ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް ޢަމަލުކުރަން ޖެހުނު ޙާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މުޒާހަރާ ރޫޅައިލުމުގައި ވެސް، މިފަދަ އޮޕަރޭޝަންތަކުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަޙައްދުން ދުރަށް ޖައްސާފައިކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ޙަޤީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި އޮޕަރޭޝަންގެ ހުރިހާ މަރުޙަލާއެއްގައި ވެސް، ފުލުހުން ޢަމަލުކޮށްފައި ވަނީ އޮޕަރޭޝަނަލް އުޞޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ކަމުގެ ޙަޤީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކަކީ، ޤާނޫނާ ޚިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގުމުގެ ސަބަބުން ޙަޤީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް." ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ހިމެނޭގޮތުން، އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ފުލުހުން ވަނީ ދީފަފައެވެ.
މީގެ އިތުރުން، އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ، އެ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުންކަމަށް ފުލުހުން ހާމަކުރިއެވެ. އަދި މި ރިވިއުގެ ނަތީޖާއިން، ފުލުހުން ޢަމަލުކުރަންޖެހޭ އެއްވެސް އުޞޫލަކާ ޚިލާފު ޢަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު