އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 'ޖައްބާރުކަމުގެ' ކުރިމަތީގައި ސާބިތުކަން ދައްކަންޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ މީޑިއާ ކޮންޓްރޯލު ކުރުމުގެ ބިލު ތަސްދީގުނުކުރުމަށް ބައެއް ނޫސްވެރިންނާއި، ބައެއް ޖަމިއްޔާތަކުން ގޮވަމުންދަނިކޮށް، އެ ބިލު މިއަދު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ރައީސް މުއިއްޒުގެ 'ޖައްބާރު' ކަމުގެ ކުރިމަތީގައި ސާބިތުކަން ދެއްކުމަށް ނޫސްވެރިންނަށާއި، މިނިވަންކަމަށް ލޯބިކުރާ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ކުޑަކޮށްވެސް ދުލެއް ނުދީ ރައީސް މުއިއްޒުގެ ދޮގާ، ކަރަޕްޝަނާ، ފަސާދަޔާ، ދައުލަތް ހިންގަން ނޭނގި ލާހޫރޭ ވާހަކަ އިހުނަށްވުރެ ގަދަޔަށް ދައްކަމާ ހިންގަވާ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް ރައްޔިތުންގެ ހިއްސާ ދިވެހި ގައުމުގައި އޮންނާނެކަމަށެވެ.

މީޑިއާ ބިލު މަޖިލީހުން ފާސްކުރުމާއެކު އިމްރާން ވަނީ އެ ބިލު ތަސްދީގުނުކުރެއްވުމަށް ރައީސް މުއިއްޒުއަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މި ބިލު ތަސްދީގު ކުރަށްވައިފި ކަމަށް ވާނަމަ މާނައަކީ ވެރިކަން ނިންމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުއްވާ ދެއްވީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް