ރައްޔިތުންގެ ހަލާކަށް ސިޔާސަތެއް އެކުލަވާނަމަ އަބަދުވެސް އެ ސިޔާސަތެއް އެކުލަވާލާނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ވޭޕް މަނާކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވީ ރައްޔިތުންނާއި ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށް ކަމަށެވެ.
"ނަތީޖާ އަކީ މިއަދު އެތައް ރައްޔިތުންނެއް އެވިހައިން ދަނީ ސަލާމަތްވަމުން. ދުންފަތާއި ވޭޕުން ޒުވާނުން ދަނީ މަޑުމަޑުން ދުރުހެލިވަމުން." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ސިއްހަތަށްވުރެ އެމްޑީޕީއަށް މުހިންމީ ޤައުމަށް، ޑިއުޓީއަށް ލިބޭނެ ލާރިކޮޅު ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ފަނާކުރުމުގެ ސިޔާސަތެކޭ ދަންނަވަނީ މި ސަބަބާހުރެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އިން އަނެއްކާވެސް ވެރިކަމަށް އައިސް ރައީސް މުހައްމަދު މުއިއްޒު ގާނޫނުތަކަށް ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް އުވާލާނެ ކަމަށެވެ.
އެގޮތުން، އެންމެ ފުރަތަމަ އުވާލާނީ މިހާރު ފާސްކޮށްފައި އޮތް މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކަމަށާއި ސިނގިރޭޓު ޑިއުޓީ އަދި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތައް އުވާލާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު