އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކަށް އެހީތެރިވަމުންދާ ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ލިސްޓެއް އެމްނެސްޓީ އިންޓަނޭޝަނަލްއިން އާންމުކޮށްފިއެވެ.
މި ލިސްޓުގައި ހިމެނެނީ އެމެރިކާގެ ބޮއިންގ ކުންފުންޏާއި އަދި ލޮކްހީޑް މާޓިން ފަދަ ބޮޑެތި ކުންފުނިތަކާއި، ޗައިނާގެ ހިކްވިޝަންއާއި ސްޕެއިންގެ ސީއޭއެފް އަދި ދެކުނު ކޮރެއާގެ އެޗްޑީ ހުންޑާއީ ފަދަ ކުންފުނިތަކެވެ. މީގެ އިތުރުން އިސްރާއީލުގެ އެލްބިޓް ސިސްޓަމްސް އަދި ރަފައެލް ޑިފެންސް ސިސްޓަމްސް ފަދަ ހަތިޔާރު އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ.
އެމްނެސްޓީން ވަނީ މި ކުންފުނިތަކުގެ ހަރަކާތްތަކާ ގުޅޭގޮތުން އަހަރުތަކެއް ވަންދެން ދިރާސާކޮށް، ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިވާ ގޮތްތަކުގެ ހޯދުންތައް ރިކޯޑުކޮށްފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ބުނީ މި ކުންފުނިތަކުން ފައިދާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންސާނީ ކަރާމާތުން އަގު ދައްކަން ޖެހޭ ކަމަށާއި އެކަން ހުއްޓުވަނަ ޖެހޭ ކަމަށެވެ.
އެހެންކަމުން އެމްނެސްޓީން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުމާއި، އަސްކަރީ އަދި ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި މީގެ އިތުރުން ޖާސޫސްކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުންވެސް ހުއްޓާލުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު