ސުޕްރީމް ކޯޓަށް މިހާރު އޮތް ކަމަކީ ސަރުކާރު ޕްރޮމޯޓު ކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީއާ ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަނަސް ވިދާޅުވީ ސުޕްރީމް ކޯޓަށް މިހާރު އޮތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކޮށް ސަރުކާރު ޕްރޮމޯޓު ކުރުން ކަމަށެވެ.
ސުޕްރީމް ކޯޓުން ރައީސްގެ ފަސްމިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައިވާއިރު، ދާދި ފަހުން ރައީސަށް މަރުހަބާ އާއި ޝުކުރު ދަންނަވައި ރަސްމީ އެކްސް އެކައުންޓުގައި ހިއްސާ ކުރި ޕޯސްޓެއްގެ ސަބަބުންވެސް އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އެއީ ޝަރުއީ ދާއިރާގެ ނަޒާހަތްތެރިކަމަށް އުނިކަން ލިބޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު