ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފިއެވެ.
ސަލާމަތީ މަޖިލީހުގެ ގަރާރެއް ތަސްދީގު ކުރުމަށް، އެކަމަށް ތާއީދުކުރާ މަދުވެގެން ނުވަ ވޯޓާއި ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިލާތް، ރަޝިޔާ ނުވަތަ ޗައިނާގެ ތެރެއިން އެއްވެސް މެންބަރު ގައުމަކުން ގަރާރު ވީޓޯކޮށްގެން ނުވާނެއެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމުގެ ތެރެއިން 14 މެންބަރު ގައުމުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއް ކަމަށްވާ އެމެރިކާއިން ވަނީ އެ ގަރާރު ވީޓޯ ކޮށްފައެވެ.
ކައުންސިލުން އިންތިޚާބުވި 10 މެންބަރުން ޑްރާފްޓްކުރި އެ ގަރާރަކީ ކުރީގެ ގަރާރުތަކާ ޚިލާފަށް ޣައްޒާގެ ހާލަތު މާ ބޮޑަށް ސިފަކޮށްދީފައިވާ ގަރާރެކެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ޝަރުތަކާ ނުލައި ވަގުތުން ވަގުތަށް އަދި ދާއިމީކޮށް ހުއްޓާލުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ. އަދި ރަހީނުކޮށްފައިވާ މީހުން ވަގުތުން ޝަރުތުތަކާ ނުލައި ދޫކޮށްލުމަށް ވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް އެމެރިކާއިން މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ދެކޮޅު ހަދާފައެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ހުށަހެޅި ގަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު