ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް
ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެނިކޮށް މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީގައި އަނިޔާ ލިބުނު ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމަށް ހަމަ އެދުވަހު އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާ ދިން ކަމަށެވެ.

ނަމަވެސް، ލޫތަށް ފަރުވާ ދެމުން ދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދީ، ބިރުދެއްކުމުގެ އިތުރުން ޖީބުން ވަޅިއެއް ފެނުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު ފުލުހުން ބުނީ، ލޫތުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު