ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފިއެވެ.
މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލްގެ މަގާމުގައި ހުރި މުހައްމަދު ސާޖިދު އަހުމަދު ފުލުހުންގެ ހުވައި ނުކުރާ ކަމަށް ބުނީ، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ. ގދ. ތިނަދޫ ފުލުހުން އޭނާ ހައްޔަރުކުރީ، ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯސްޓިކާއި، ވޭޕާއި، ވޭޕް ކާޓްރިޖާއި، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.
އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާއިރު އެދަޢުވާ ސާބިތު ވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލުމުން ހައިކޯޓުގައި މިދިޔަ އޮގަސްޓް މަހުގެ ހަަތެއްގައި ބޭއްވި އަޑުއެހުމުގައި ސާޖިދުގެ ވަކީލު ވިދާޅުވީ އޭނާގެ މުވައްކިލަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށެވެ. އަދި ސާޖިދުވެސް ވަނީ ޝަރީޢަތުގައި އެމޭރުމުން ވާހަކަ ދައްކާފައެވެ.
އެކަމާއި ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ފަނޑިޔާރުން އޭނާއާ ސުވާލު ކުރުމުން ސާޖިދު ވަނީ، އޭނާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވި ކަމަށާއި ނަމަވެސް، އޭނާ ހުވާ ކޮށްފައި ނުވާނެކަމަށް ބުނެފައެވެ. ސާޖިދު ބުނީ، ހުވާ ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ މަގާމުގެ ހުވާ ލައިދިންއިރު ހުވާ ނުކިޔާ ކަމަށާއި އެއްޗެއް ނުކިޔާ ހުރީކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވަޒީފާގައި 1 މަހާއި ދުވަސްކޮޅެއް ހޭދަކުރި ކަމަށާއި އެ ދުވަސްތަކަށް މުސާރަވެސް ލިބުނުކަމަށް ސާޖިދު ބުނެފައިވެއެވެ.
އެހެންވެ، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު