ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް ޑިވައިޑަރުތަކުގައި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މާލޭން ހުޅުމާލެއަށް ދިޔަ ޕިކަޕެއް އެކްސިޑެންޓްވިކަމުގެ މައުލޫމާތު ރޭ މެންދަމު 2:42 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ ބްރިޖް އެއާޕޯޓު ލައިޓް ކައިރިން ޕިކަޕު ކޮންޓްރޯލުން ނެއްޓި، ބްރިޖުގެ މެދުގައިވާ ޑިވައިޑަރުތަކުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ފުލުހުން ބުނީ، ޕިކަޕު ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށާއި، ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި، މި ހާދިސާގައި ޕިކަޕުގެ އިތުރުން ޑިވައިޑަރުތަކަށް ގެއްލުންވި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވަނީ ޓޯކޮށްފައެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު