ދިވެހިރާއްޖޭގެ ރައްޔިތުން އެހާ ބުރަކޮށް ހޯދާފައިވާ ޙައްޤުތަކެއް، އެމީހުންގެ އަތުން ދަމައިގަންނަން ކުރާ އެއްވެސް މަސައްކަތަކަށް ޖާގައެއް ނުދޭނެ ކަމަށް، އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ގާނޫނު އަސާސީން މިހާރު ލިބިފައިވާ އަސާސީ ހައްޤުތަށް ރައްޔިތުން ހޯދީ ބުރަ މަސައްކަތުންކަމަށެވެ. އަދި ޤާނޫނޫ އަސާސީގައިވާ މިހާރު ރައްޔިތުންނަށް ލިބިފައިވާ ހައްޤުތަށް ދަމައިގަންނަން ޖާގަ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޤާނޫނުއަސާސީ ހޯދަން މި ސަރުކާރުގައި ތިބި ބޭފުޅުން ކުރި ކަމެއް ނޯންނާނެ، މިހާރު ލިބިފައި މިއޮތް ޙައްޤުތައް ހޯދަން ކުރި ގާތް އޮހޮރުވާލީ އެންމެ ދާފުކެއް ވެސް ނޯންނާނެ،" ޝިފާޒް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަން ވެސް ކުރެއްވި ޝިފާޒް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދިމިޤްރާޠީ ޙައްޤުތައް ހޯދުމަށް މަސައްކަތް ކުރި އެއްވެސް ބޭފުޅެއް ނެތް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި މި ޙައްޤުތައް ހޯދުމަށް މަސައްކަތްކުރި ފަރާތްތަކަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ބަސް އިއްވައި ނުވަތަ އޮބަހައްޓައި ނުލެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެެވެ. މީގެ ކުރިން ވެސް ޕީޕީއެމް-ޕީއެންސީ ފިކުރުގެ ވެރިކަމެއްގައި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރިކަމަށް ޝިފާޒް ވިދާޅުވިއެވެ. އޭގެ ބައެއް މިސާލުތަށް ދައްކަވަމުންޝިފާޒް ވަނީ މީގެ ކުރިން ބައެއް ޓީވީ ސްޓޭޝަންތައް އަދައި އަޅިއަށް ވެގެން ދިޔަ ކަންކަން ފެނިފައިވާކަން ފާހަގަކުރަށްވާފައެެވެ. އެހެން ނަމަވެސް އެ މަަސައްކަތް ހުއްޓުވުނުތޯ އޭނާ ސުވާލު ކުރެއްވިއެވެ. ޝިފާޒް ވިދާޅުވީ މިހާރަކު ފިކުރާ ޚިޔާލުގައި ތަޅެއް ނޭޅުވޭނެކަމާއި އިތުރު ބަންދެއް ނުކުރެވޭނެކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގެންޖެހޭ ކަމަށެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެހާ ބުރަކޮށް ހޯދި ޙައްޤުތަކެއް ރައްޔިތުންގެ އަތުން ދަމައިގަންނަން ކުރާ މަސައްކަތަކަށް ރައްޔިތުން ވެސް ޖާގައެއް ނުދޭނެ ކަމަށެވެ.
"އެމްޑީޕީން ވަރަށް ކެރިގެން މި ދަނީ ޖާގަ ނުދޭން ވެގެން،" ޝިފާޒް ވިދާޅުވިއެވެ.
އަންނަ މަހު 3 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމެއްގެ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، އެ އެއްވުމަކީ ވެސް ރައްޔިތުންގެ ޙައްޤުތަކަށް ޖާގަ ނުދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ގައިމު ވެސް މަގުމައްޗަކުން އަދި އެއްވެސް ތާކުން ދިމަލެއް ނުވޭ މިހާރު ރައީސުލްޖުމްހޫރިއްޔާއަށް މަލާމާތް ރައްދު ނުކުރާ އެއްވެސް މީހަކު،" ޝިފާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު