ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކުރުން
ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކުރުން
ދިވެހިރާއްޖެ އާއި އަޒަރުބައިޖާނާއި ދެމެދު ދަތުރުފަތުރު ކުރުމުގައި ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ވިސާ އާނުލައި އަޒަރުބައިޖާނަށް ޒިޔާރަތް ކުރެވޭގޮތަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މިއީ ޗައިނާގެ ޓިއަންޖިން ގައި ބޭއްވި އެސްސީއޯ ސަމިޓްގެ ހާވާސާގައި ދެ ގައުމުގެ ރައީސުން ކުރެއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޯޑިނަރީ ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންޒިޓްވުމާއި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

ނިއުޔޯކް ގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވުނު ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ.

ދެޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާ އާނުލައި ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި 2024 ވަނަ އަހަރު ސޮއިކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު