އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ރޭވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިސްރާޢީލުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ޔަހޫދީންގެ އައު އަހަރު ފެށެން ތައްޔާރުވެފައިވަނިކޮށް، އިސްރާޢީލު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ އޭނާ ނަތަންޔާހޫ މަރާލުމަށް ބަޑި ގަތުމަށް ރާވާފައިވާކަމަށެވެ. އަދި ތިން ވަޒަނުން ޔަހޫދީ ބޮޑުވަޒީރު މަރާލަން ރާވާފައިވާ ކަމަށްވެސް ފުލުހުން ހާަމަކުރިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ ޔަހޫދީންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް އިސްރާޢީލުގެ ފުލުހުން ހާމަކުރިއެވެ.
އިސްރާއީލުގައި މިފަދަ ކުށްތަކަށް ވަރަށް ހަރުކަށި އަދަބު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު