ކުރީގެ ނާއިބް ރައީސް ޑރ .މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބް ރައީސް ޑރ .މުޙައްމަދު ޖަމީލް އަޙްމަދު
މުޅި ދުނިޔެއާ ދެކޮޅަށް ދަނިކޮށް އަނގަވަތަށް ވެއްޓޭއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން މި ގައުމަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުމުގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ މީޑިއާ ރެގިއުލޭޓުކުރުމުގެ ގާނޫނު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފުކަމަށް ބުނެ، އަނބުރާ ގެންދިޔުމަށް އދ. އިން ގޮވާލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މިވަރުވީމަވެސް ރައީސް މުއިއްޒު ސަރުކާރުން ގަދަކަން ދައްކަން ނަފުސު ވިއްކާފައި ތިބި ބަޔަކު ފޮނުވައިގެން، ހާވައިލައިގެން ޕޭކޮށްގެން ބުރަދަނެއް ނެތް ބޭރު ނޫސްތަކުގައި މިބިލް ހިތުން ޕްރޮމޯޓް ކުރެވޭތޯ އެބައުޅޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ފްރީޑަމް އޮފް ދަ މީޑިއާ އާއި އެކްސްޕްރެޝަނަކީ ކިހާވަރެއްގެ ހައްގެއްކަން ނޭނގޭ ނުކިޔަވާތިބި، އަދި އަދީބު ފައިލުން ފެންނަ ދިވެހިންގެ ބައިތުލް މާލަށް 'ބޫތު' ކައިފަތިބި ޕީއެންސީގެ މެންބަރުން ބޮޑުބަސް ބުނަމުން އަދިވެސް އެބަދާކަމަށެވެ.

"މުއިއްޒު ބޮޑާވާނެ ކަމެއް ނެތް. ދުނިޔެއާ ދެކޮޅަށް ދަނިކޮށް އަނގަވަތަށް ވެއްޓޭއިރު މުއިއްޒުގެ ސަބަބުން މުޅި ދިވެހި ގައުމަށް ފޫނުބެދޭ ވަރުގެ ގެއްލުން ލިބުމުގެ ބިރު އެބައޮތް!" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ޝުޖާއާ މުއިއްޒާ ފަލާޙަކީ މިއަދު ހަމަ އެއްވަރުގެ، ތަންދޮރު ނުދައްނަ މީހުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު